ތިން މަސް ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭ އެޑްއޯން އެއް ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ "ސަޅި ކުއާޓާލީ" އެޑް-އޮންއާ އެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ ނިޔަލަށް ހަ ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 1100 ރުފިޔާއަށް 540 ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް [ދިރާގު އެޕް](https://bit.ly/Dhiraagu-App) މެދުވެރިކޮށް ނުވަތަ "S1GB90" ޖަހާފައި 343 އަށް އެސްއެމްއެސް ކޮށްލައިގެން ވެސް "ސަޅި ކުއާޓާލީ" އެޑްއޯން އެކްޓިވޭޓު ކުރެވޭނެއެވެ.

ދިރާގުގެ ސަޅި ޕްރިޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ލިބޭ ޑޭޓާ އެލަވަންސްގެ އަދަދާއި އެޑްއޯންގެ މުއްދަތު އިހުތިޔާރު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލޭނެކެވެ. އޭގެ އިތުރުން މި ޕްލޭން ނަގައިގެން ދިރާގުގެ ހުރިހާ ނަންބަރުތަކަށް ހިލޭ ގުޅޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.