ފަހުގެ އައިފޯނު 14 ހިންގައިދެނީ އައިއޯއެސްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް 16 އެވެ. އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް ނެރެފައިވަނީ ކުރީގެ އަދަދުތަކަށްވުރެ މާބޮޑަށްވެސް ފުރިހަމަކުރުމަށް ފަހުއެވެ. އެހެން ނަމަވެސް އައިފޯން 14 ވިއްކަން ފެށިތާ މަދު ދުވަސްކޮޅެއްފަހުން އައިއޯއެސްގެ 16 އަށް އިތުރު ފުރިހަމަ ކަމެއް ގެނެސް އާ ފީޗާސްތަކާއި އެކު އަނެއްކާވެސް އެބަނެރެއެވެ.
މިފަހަރު 16.1 ގައި ހިމެނޭ އާ ބައެއް ފީޗާސްތަކަކީ؛
1. އައިކްލައުޑްގައި ހިމެނޭ ފޮޓޯ ލައިބްރަރީގެ ފޮޓޯތައް ޝެއާ ކުރެވޭ ގޮތަށް ގެނެވޭ ބަދަލެވެ. ކުރިން އައިކުލައުޑްގައި ހުންނަ ފޮޓޯ ތަކަކީ ހަމަ އެކަނި ފޯނުގެ ވެރިފަރާތަށް ފެންނަ އަދި އިތުރު މީހަކަށް ޝެއާ ކުރެވޭ އެއްޗެއް ނޫނެވެ. އެހެން ނަމަވެސް މި ބަދަލާ އެކު އާއިލާގެ މެންބަރުން ނުވަތަ ރައްޓެހިންނާ ފޮޓޯ ޝެއާ ކުރުމަށް ފަސޭހަވެގެންދާނެއެވެ. މި ފީޗާގެ ސަބަބުން އައިކްލައުޑްގައި ރައްކާކުރާ ފޮޓޯ ލައިބްރަރީއެއްގައި ތިބާއާއި އެކު އިތުރު ފަސް މީހަކަށް ފޮޓޯތައް އިތުރުކުރުމާއި، އެޑިޓްކުރުމާއި، ނުވަތަ ނައްތާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
2. އައިއޯއެސް 16.1 އިން އެޕް ސްޓޯރުގައި ހުންނަ ތިންވަނަ ފަރާތެއްގެ އެޕްލިކޭޝްން ތަކަށް ލައިވް އެކްޓިވިޓީސް ފުޅާކޮށްދެ އެވެ. މި ފީޗާގެ ސަބަބުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ސްޕޯޓްސް ގޭމެއް ނުވަތަ ކާބޯތަކެތި ޑެލިވަރީ ކުރުމުގެ އޯޑަރު ފަދަ ރިއަލް ޓައިމް އިވެންޓްތަކުގެ މައުލޫމާތު ލޮކް ސްކްރީނުން ނުވަތަ ޑައިނަމިކް އައިލެންޑުން ފެނިގެންދާނެއެވެ. މި ބަދަލާ އެކު އޮން ޑިސްޕްލޭ މޯޑުގައި ހުންނަ ލޮކް ސްކްރީނުން ލައިވް އެކްޓިވިޓީސް ފެންނާނެ އެވެ.
3. އައިއޯއެސް 16.1 ގައި އާ ކްލީން އެނާޖީ ޗާޖިން ފީޗާއެއް ހިމެނޭއިރު އެޕަލް އިން ބުނާ ގޮތުގައި މީގެ ބޭނުންތަކުގެ ތެރޭގައި "ސޮލާރ ގްރިޑްގައި ސާފު ހަކަތަ ބޭނުންކުރާ ވަގުތުގެ މައުލޫމާތު ފޯނުގައި ހިމެނި އައިފޯނުގެ ކާބަން ފުޓްޕްރިންޓް މަދުކުރުން" ހިމެނެއެވެ. މި ފީޗާ އަދި މަސައްކަތް ކުރާނީ ހަމައެކަނި އެމެރިކާގައެވެ.
4. އެޕަލް ފިޓްނަސް ޕުލަސް އަކީ އެކި އެކި ކަސްރަތު ކުރާ ފަރާތްތަކަށް ވަރަށް މުހިއްމު އެޕްލިކޭޝަނެކެވެ. އެހެން ނަމަވެސް ގިނަ މީހުން މި އެޕްލިކޭޝަން ހިންގުމަށް އަތުގައި އެޕަލް ގަޑިއެއް އަޅައެވެ. މިފަހަރުގެ މި ބަދަލާއެކު އެޕަލް ގަޑިއެއް ނެތަސް އައިފޯން ބޭނުންކުރާ ފަރާތްތަކަށް ވޯކްއައުޓް ކުރެވޭނެއެވެ. އެގޮތުންް 3،000 އަށްވުރެ ގިނަ ވޯކްއައުޓް އަދި މެޑިޓޭޝަން ވީޑިއޯގެ ލައިބްރަރީއެއް ހިމެނޭއިރު، ހަފުތާއަކު އެއްފަހަރު އާ ކޮންޓެންޓް އިތުރުކުރެ އެވެ. ސަބްސްކްރިޕްޝަން ބިނާކޮށްފައިވާ މި ހިދުމަތް ފިޓްނަސް އެޕް މެދުވެރިކޮށް 21 ގައުމެއްގައި އައިފޯން، އައިޕެޑް، އަދި އެޕަލް ޓީވީ ލިބޭއިރު، އެމެރިކާގެ އަގު ކަނޑައަޅާފައިވަނީ މަހަކު 9.99 ޑޮލަރު ނުވަތަ އަހަރަކު 79.99 ޑޮލަރަށެވެ.
5.އައިއޯއެސް 16.1 ގައި ދެން ހިމެނޭ އާ ފީޗާއަކީ އެޕަލްގެ ހޯމްކިޓް، އެމެޒޯންގެ އެލެކްސާ، އަދި ގޫގުލްގެ ހޯމް ފަދަ އެތައް ޕްލެޓްފޯމެއްގައި ކޮމްޕެޓިބަލް ސްމާޓް ހޯމް އެކްސެސަރީތައް އެކުގައި އެއްވެސް ދަތިކަމެއް ނެތި މަސައްކަތް ކުރެވޭނެ ކަނެކްޓިވިޓީ ސްޓޭންޑަޑެއް ކަމަށްވާ މެޓާ އަށް ސަޕޯޓް ދިނުމެވެ. ހޯމް އެޕް އަދި ސިރީ އިން މެޓާ އެކްސެސަރީޒް ކޮންޓްރޯލް ކުރުމަށް ހޯމްޕޮޑް، ހޯމްޕޮޑް މިނީ، އެޕަލް ޓީވީ ނުވަތަ އެޕަލް ޓީވީ އެޗްޑީ ހޯމް ހަބެއްގެ ގޮތުގައި ހިންގާނެ އެވެ.
6. އައިއޯއެސް 16.1 އިން ފެށިގެން އެޕަލް ކާޑު ބޭނުންކުރާ ފަރާތްތަކަށް ގޯލްޑްމަން ސެކްސްގެ އާ "ހައި ޔީލްޑް" ސޭވިންގްސް އެކައުންޓެއް ހުޅުވައި، ޑެއިލީ ކޭޝް ކޭޝްބެކް ރިވާޑްސް އޮޓޮމެޓިކުން އެ އެކައުންޓަށް ޖަމާކުރެވޭނެ އެވެ. އަދި ވޮލެޓް އެޕްގައި ސޭވިންގްސް އެކައުންޓް ބެލެހެއްޓޭނެ އެވެ.
7. އައިފޯން 14 ޕްރޯ މޮޑެލްތަކުގައި ޑައިނަމިކް އައިލެންޑް އިތުރަށް ފުރިހަމަކޮށް އެއް އަތުން ސްކްރީންގެ މަތީ ބަޔަށް އިނގިލިތަކުން ފަސޭހައިން ނުފޯރާ ފަރާތް ތަކަށް ސެޓިން ބަދަލުކޮށް ފޯނުގެ ސްކްރީންގެ ތިރީ ފަރާތުގައި ތިރިއަށް ސްވައިޕް ކޮށްލައިގެން މި ފީޗަރ ބޭނުން ކުރެވޭގޮތްވެސް ވަނީ ހަދާފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ