ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓު ބިލަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ، ސްޓެލްކޯއަށް ނުދެއްކުމުން އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލީ މިއަދު ކަމަަށެވެ.
އެތަނުން ކަރަންޓު ކަނޑާލީ، އެފްއޭއެމުން ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގައި، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދިނުމުންވެސް އެކަން ކޮށްފައިނުވާތީ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމުން ކަރަންޓް ބިލް ދައްކާފައި ނުވާ ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެފްއޭއެމުން އެކުންފުންޏަށް ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު