މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސާޗް އެންޑް ރެސްކިއު ޓީމުން ކުރަމުން އަންނަނިކޮށް ކަނޑުގެ އަޑިން އޭނާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން އަންނަނިކޮށް ފެނުނީ، ސ. ހިތަދޫ، ފެހިވިނަ، ތޮލާލް އަހުމަދު 24އ އެވެ. އެމްއެންޑީއެފުން ބުނީ، އޭނާ މިހާރު އޮތީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަމަށެވެ.
އިކުއެޓޯރިއަލް ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ސާފީ މުހައްމަދު ހުސައިން "ވަން" އަށް ދާދި ދެންމެ ވިދާޅުވީ ތޮލާލް މަރުވެފައިވާ ކަމަށާއި އޭނާ މަރުވީ 1:05 ގައި ކަމަށެވެ. އެ ހޮސްޕިޓަލަށް ތޮލާލް ގެންދިޔައީ 12:34 ގައި ކަމަށްވެސް ސާފީ ވިދާޅުވިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ގެއްލިފައިވަނީ، ސ. ހިތަދުއިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީއަކުން މަސް ހިފަން ފޭބި ދެ މީހުންގެ ތެރެއިން އެކަކު ކަމަށާއި އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:32 ގައި ކަމަށެވެ. އެ ޑިންގީން ތިން މީހަކު ދަތުރުކުރިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ ފީނަން ފޭބީ އައްޑޫގެ ފަޅުރަށެއް ކަމަށްވާ ކަނޑިހެރަ ދިމާއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު