ކ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުހުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަަން ފަށއިފިއެވެ.
ޖޭއެސްސީން ބުނީ އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފެށީ ކޯޓަށް ހުށަހެޅުނު ގަޒިއްޔާގެ އަޑުއެހުންތައް ޖިނާއީ އިޖުރާތުގެ ގާނޫނާއި އަދި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެހެންކަމުން އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމެޓީން ނިންމާފައިވާތީ، މިދިޔަ ބުދަ ދުވަހު އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.