އެޕަލް ކުންފުނީގެ އެންމެ ފަހުގެ އައިފޯން 14 ނެރެފައިވަނީ ތަފާތު މޮޑެލް ތަކެއް ހިމަނައިގެންނެވެ. އައިފޯނު 14 ގަންނަ މީހުން އެކި ކަންކަމަށް ބަލައިގެން ފޯނު ހޯދަމުން އަންނައިރު ބެޓެރި އެންމެ ވަރުގަދަ އައިފޯނަކީ 14 ޕުރޯ މެކްސް އެވެ. މި ފޯނު ވެގެން ގޮސްފައިވަނީ ހަމައެކި އައިފޯނު އާއިލާގެ އެންމެ ބެޓެރީ ވަރުގަދަ ފޯނަކަށް ނޫނެވެ. މިހާރު ބާޒާރުގައި ވިއްކާ މަޝަހޫރު ހުރިހާ ފޯނަކަށްވުރެ އައިފޯން 14 ޕުރޯގެ ބެޓެރީ މާބޮޑަށްވެސް ވަރުގަދައެވެ. އެހެން ބުރޭންޑު ތަކުގެ ފޯނު ތަކާއި މޮޑެލްތަކަށް ބަލާއިރު ފަހުގެ ސެމްސަން އެސް 22 އަލްޓުރާ އާއި ގޫގުލްގެ ޕިކްސެލް ޕުރޯ 7 ފޯނުގެ ބެޓެރީގެ ފެންވަރު ބެލުމުންވެސް އައިފޯން 14 ޕުރޯގެ ބެޓެރީ މާބޮޑަށް ތަފާތު ކަމަށް ވަނީ ދައްކާފައެވެ.

https://www.youtube.com/watch?v=7XxUI44D9x0

ބެޓެރީގެ ފެންވަރު ބަލާ ޓެސްޓުގައި ސްކްރީން ބްރައިޓްނެސް (އަލި ގަދަ) ކޮންގެންނާއި 5ޖީ މެދުވެރިކޮށް މެދުނުކެނޑި ވެބް ސާފިން ކުރުން ހިމެނެ އެވެ. ހަމަ އެގޮތަށް މެދުނުކެނޑި ވީޑިއޯ ބެލުމާއި ލަވަޖެހުމާއި މިނޫންވެސް އެތައް ކަމެއް ކޮންމެ ފޯނަކާއެކު، އެއްވަގުތެއްގައި ކުރިއަށްގެންދެއެވެ. މި ހުރިހާ ޓެސްޓުތަކެއްގައި އެޕަލް ކުންފުނީގެ ފަހުގެ ފޯނުތަކުގައި ބެޓެރީ ހިފަހައްޓާވަރު ރަނގަޅު ނަމަވެސް އައިފޯން 14 ޕުރޯ މެކްސް ފުލްކޮން ޗާރޖުކޮށްގެން މަދުވެގެން 19 ގަޑިއިރު ބޭނުން ކުރެވޭ ކަމަށް ދައްކައެވެ.

އައިފޯން 14 ޕުރޯ މެކްސްއާ އެންމެ ގާތުން ވާދަ ކުރަނީވެސް ހަމަ އެޕަލް ކުންފުނީގެ އައިފޯން 14 ޕުރޯ އެވެ. ޕުރޯ މެކްސް އަށްވުރެ 3 ގަޑި އިރުމަދު ނަމަވެސް ދެން އެންމެ ކައިރިން ވާދަކުރަނީ ގޫގުލްގެ ޕިކްސެލް 7 ޕުރޯ އެވެ. 14 ގަޑި އިރާއި 19 މިނެޓް ޕިކްސެޕް 7 ޕުރޯގެ ބެޓެރީ ހިފަހައްޓާއިރު ސެމްސަން އެސް 22 އަލްޓުރާގެ ބެޓެރީ 13 ގަޑި އިރާއި 17 މިނިޓް ވަންދެން ހިފަހައްޓައެވެ.

އެެހެންކަމުން މިފަހަރުގެ އައިފޯނު ތަކުގައި ތަފާތު ބަގްސް (ސޮފްޓުވެއަރ މައްސަލަ) ތައް ހުރި ނަމަވެސް ފޯނުގެ ހާޑްވެއަރ މާބޮޑަށްވެސް ވަރުގަދަ ކަމަށް ދައްކައެވެ. އެގޮތުން ފޯނުގެ ކެމެރާގެ މޮޅުކަމާއި ސާފުކަމުގެ ވާހަކަ އާއި ޕުރޮސެސަރުގެ ހަލުވިކަމުގެ ވާހަކަ ބެޓެރީގެ ވަރުގަދަ ވާހަކަ އާއިއެކު ފޯނު ގަންނަ ފަރާތްތަކުން ފާހަގަ ކުރެއެވެ.