ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލުން ރޭ ކުޅުނު މެޗުގައި ޕީއެސްވީގެ މައްޗަށް ކުރި ހޯދައިފިއެވެ.
މިހާތަނަށް ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ އިރު، އެޓީމުން ރޭގެ މެޗު އަމިއްލަ ދަނޑުގައި ކާމިޔާބުކުރީ 1-0 ގެ ހަނި ލީޑަކުންނެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު އާސެނަލް ގްރޫޕްގެ އެއްވަނައިގައި އޮތް އިރު، އެންމެފަހުން ކުޅުނު 8 މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.
އާސެނަލް ހިމެނޭ ގްރޫޕް އޭގެ ދެވަނައިގައި ޕީއެސްވީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެ ގްރޫޕުގެ ތިންވަނައިގައި އޮތީ ބޯޑޯ/ގްލިމްޓެވެ. އެޓީމަށް ހަތަރު މެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ޔޫރޮޕާ ލީގުގެ އުސޫލު އޮންނަ ގޮތުން ގްރޫޕްގެ އެއްވަނައިގައި އޮންނަ ޓީމު ސީދާ ގަދަ 16 އަށް ދާނެއެވެ. ދެވަނައަށް ދާ ޓީމު ދާނީ ގަދަ 32 ޓީމު ކުޅޭ ބުރަށެވެ.
އާސެނަލަށް ގްރޫޕުގެ އެއްވަނަ ޔަގީންކުރަން ދެން އޮތް ދެމެޗުން އެއް ޕޮއިންޓް ހޯދުމުން ފުދޭނެއެވެ.
ރޭގެ މެޗުގައި އާސެނަލްގެ ފޯވަޑް ގެބްރިއަލް ޖީސަސްއާއި ބުކަޔޯ ސަކާގެ ހަމަލާތައް ފާހަގަކުރެވުނު އިރު، ޕީއެސްވީގެ ގޯލްކީޕަރު ވޯލްޓާ ބެނިޓޭޒްގެ ރަނގަޅު ސޭވްތަކެއް ފެނުނެވެ. މެޗުގައި ސްވިޒަލޭންޑްގެ ގްރެނިޓް ޖަކާ ޖެހި ގޯލު ފެނިގެން ދިޔައީ 70 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޓަކެހީރޯ ޓޮމިޔަސޫ ނެގި ކޯނަރަކުން ޖަކާ ޖެހި ގޯލެކެވެ.
ރޭގެ މެޗަށް ނުކުތް ޕީއެސްވީގެ ކޯޗަކަށް ހުރީ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ރޫދު ވޭން ނެސްތަރޫއީއެވެ. ނެސްތުރޫއީއަކީ ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލްއާ ދެކޮޅަށް ވަރުގަދަ މެޗުތަކެއް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު