އެޕަލް ސްމާޓްފޯނު ނެރުނު 2007 ވަނަ އަހަރުގެ ފެކްޓްރީގައި ބަންދުކޮށް މިއަދާ ހަމައަށް ނުކަނޑާ އޮތް އައިފޯނެއް 39،339.60 ޑޮލަރަށް ނީލަމުގައި ވިއްކާލައިފިއެވެ.

އެންމެ 8ޖީބީގެ މި ފޯނު ކުރިން އެޕަލް ކުންފުނިން ވިއްކާފައިވަނީ އެންމެ 599 ޑޮލަރަށެވެ. ގިނަ ފަހަރަށް އޮންލައިން ނީލަންތަކުގައި ވާ ގޮތަށް އެންމެ ފަހު ދުވަހު ނީލަމުގެ ފޯރިގަދަވެ އަގު އަރައިގެން ގޮސް އެންމެ ފަހުން މި ފޯނު ވިކިފައިވަނީ 39 ހާސް ޑޮލަރަށްވުރެ ބޮޑުކޮށެވެ. މިދިޔަ ހުކުރު ދުވަހާ ހަމައަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި އޮތީ އެންމެ 10،446 ޑޮލަރު ނަމަވެސް އެންމެ ފަހު ވަގުތު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އޮންލައިން ނީލަން ނިމުމުގެ ކުރިން އަގު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވެ އެވެ.

މި އަގުގައި މި ފޯނު ވިކުމާ ގުޅިގެން މިހާރު އަންނަނީ މަޖާ ވާހަކަތައް ދެކެވެމުންނެވެ. އެގޮތުން ދުވަހަކުވެސް ހުޅުވާފައި ނުވާކަން އެމީހުންނަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ފެންނަ ފެނުމުގައި ޕްލާސްޓިކްގައި ހުންނަ ފެކްޓްރީ ސީލްގައި ހުންނަނީ "ރަނގަޅު ސިމް ޑީޓެއިލްސް އާއި ޓައިޓްނެސް" އެވެ. ސީރިއަސްކޮށް ބުނާނަމަ އެއީ އެލްސީޖީ އޮކްޝަންސް އިން ސިފަކުރާ ގޮތެވެ.

2007 ވަނަ އަހަރު އަސްލު އައިފޯން 8ޖީބީ، އަދި 16ޖީބީގެ މޮޑެލްތައް ބާޒާރަށް ނެރެ ސުމާޓްފޯނު ތަކަށް ބޮޑު އިންގިލާބެއް އެޕަލް ކުންފުނިން ގެނައެވެ. ފުރަތަމަ އައިފޯންގައި ޖީޕީއެސް ޓްރެކިންގ އަދި މިހާރު މި ނެރޭ ފޯނު ތަކުގައި ހުންނަ ފަދަ އެއްވެސް ޒަމާނީ ޓެކްނޮލޮޖީ އާއި ފަސޭހަ އެޕްލިކޭޝަން ތަކެއްވެސް ހިމަނައިފައެއް ނުވެއެވެ.