މާލޭގެ ދެ ގޭންގެއްގެ ދެމެދު ހިނގި ދެ މާރާމާރީއެއްގައި ދެ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، މާލޭގެ ހިތްފަސޭހަ ގޯޅީގައި ހުރި ގެސްޓް ހައުސްއެއްގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ރޭ ދަންވަރު 2:38 ގައި ލިބިފައިވާ ކަމަށެވެ. އެ ހާދިސާ ހިނގި ސީން އިން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި ވަނީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައެވެ.
އޭގެ ފަހުން މާފަންނު ގެއެއްގައި މީހަކަށް ހަމަލާ ދިން ކަމުގެ ރިޕޯޓު ރޭގެ 3:34 ހާއިރު ލިބިފައިވާ ކަމަށާއި އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލަވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު