އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ އަވަށަކުން ޓީވީއާއި މޯބައިލް އިންޓަނެޓުގެ "މިނިވަންކަން" އިއުލާންކޮށްފި އެވެ.
އެ ގޮތުން ކޮންމެ ދުވަހަކު ދެތިން ގަޑިއިރަށް ޓީވީއާއި އިންޓަނެޓް ކަނޑާލައެވެ. ސަންގްލީ ނަމަކަށް ކިޔާ އަވަށުގައި ކޮންމެ ދުވަހަކު ސައިރެން އެޅުމަށްފަހު ހުރިހާ ރައްޔިތުންނަށް ޓީވީ މޯބައިލް ފޯނު ނިއްވާލުމަށް އަންގައެވެ. ޓީވީ އާއި އިންޓަނެޓް ކަނޑާލުމަށްފަހު ރޭގަނޑު 8.30ގައި ކައުންސިލުން ރަނގަބީލުގެ އަޑާއެކު އަނެއްކާވެސް އެ ހިދުމަތް އަލުން ފޯރުކޮށްދެއެވެ.
14 އޮގަސްޓްގައި ބޭއްވި އަވަށު ބައްދަލުވުމުގައި، ނިންމީ އިންޓަނެޓާއި ޓީވީއަށް އޮންނަ މި އެޑިކްޝަން (ދެވިހިފުން) ހުއްޓުވަން ޖެހޭ ކަމަށް،" އަވަށު ކައުންސިލްގެ ރައީސް ވިޖޭ މޯހިޓޭ ބީބީސީއަށް ދިން އިންޓަވިއެއްގައި ވިދާޅުވެފައިވެއެވެ.
ޖެހިގެން އައި ދުވަހުން ފެށިގެން ހުރިހާ ޓީވީ ސެޓުތަކާއި މޯބައިލްތަކެއް ވެސް ވަކި ގަޑިއެއްގައި ނިންވާލަން ވަނީ އަންގާފައެވެ.
3000 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ މި އަވަށުގައި ގިނައީ ދަނޑުވެރިންނެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކުޑަކުދިން އޮންލައިން ކްލާސްތަކާއި ޓީވީ އާއި މޯބައިލް ފޯނަށް ބަރޯސާވެ އެއަށް ދެވި ހިފިކަމަށާއި އެހެން ނަމަވެސް މިއަހަރު ތައުލީމީ މުއައްސަސާތައް ހުޅުވުމާއެކު، ސްކޫލްތަކާއި ކޮލެޖުތަކަށް ގަވައިދުން ދާން ވަނީ ފަށާފައެވެ.
އެހެން ނަމަވެސް ކުލާހުން އެނބުރި އަންނަ ގޮތަށް މޯބައިލް ފޯނާ ކުޅެން ނުވަތަ އިށީނދެ ޓީވީ ބަލަން ތިބެނީ ކަމަށާއި ބޮޑެތި މީހުން ވެސް މި ގޮތަށް ދެވިހިފުމުގެ ސަބަބުން ބޮޑެތި މީހުނަށްވެސް އެކަކު އަނެކަކާ ވާހަކަދައްކަން ވަގުތެއް ނުލިބޭ ކަމަށް ކައުންސިލުން ބުނެއެވެ. އެހެން ކަމުން އެމީހުންގެ ޝައުގު ބޮޑަށް އޮތީ ފޯނާ ކުޅެން ނުވަތަ ޓީވީ ބަލަން ކަމަށާއި އެކަން ހައްލު ކުރުމަށް މި އާ އުސޫލުގެ ސަބަބުން އެހީތެރިވެދޭނެކަމަށް ކައުންސިލުން ދެކެއެވެ. މި ބަދަލާއެކު އެކަކު އަނެއްކަކާ ސީދާ މުއާމަލާތް ކުރުން އިތުރުވާނެ ކަމަށާއި ކިޔަވައިދިނުމާއި އެހެނިހެން ކަންކަމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.
ޑރ ޝަރްމާ އާއި އޭނާގެ އެކުވެރިން 2020 ވަނަ އަހަރުގެ ޖުލައި މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި 682 މީހުން (495 އަންހެނުން އަދި 187 ފިރިހެނުން) ގެ މެދުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި "އިންޓަނެޓް ބޭނުންކުރުމަކީ" ފުރާވަރުގެ ކުދީންނާއި ބޮޑެތި މީހުންގެ މެދުގައި އެކަމަށް މާ ބޮޑަށް ދޯޅުވުން އުފެދި ދެވިހިފަމުން އަންނަ ކަމެކެވެ.
އުފެއްދުންތެރި ނޫން ކަންކަމުގައި މާގިނައިން އިންޓަނެޓު ބޭނުންކުރުމަކީ ނަފުސާނީ މައްސަލަތައް އުފެދިދާނެ ކަމެއް ކަމަށްވެސް އެ ދިރާސާގައި ވަނީ ބުނެފައެވެ. އެއީ ފުރާވަރު ކުދީންގެ ދިރިއުޅުމުގެ ގިނަ ކަންކަމަށް ގެއްލުން ދިނުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. ފުރާވަރުގެ ކުދިން ހިތްހަމަ ނުޖެހޭ ޖަޒުބާތީ ހާލަތްތަކުން ވަގުތީ ގޮތުން ސަލާމަތްވުމަށް އިންޓަނެޓު އެތައް ގޮތަކުން ބޭނުންކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
މިކަމުގެ ސަބަބުން ދޭދޭ މީހުންގެ މެދުގައި އިޖުތިމާއީ މުއާމަލާތްތަކާއި އިޖުތިމާއީ ބައްދަލުވުންތަކާއި އާއިލީ މުއާމަލާތްތަކާއި ބާއްވާ އެކިއެކި ހަފުލާތައް ދޫކޮށްލައި މަޑުމަޑުން އެކަހެރިވެގެން ދިއުމަށް މަގުފައިވާ ކަމަށާއި، ވަކި ވަގުތުތަކަށް އިންޓަނެޓާއި ޓީވީ ކަނޑާލުމުން މިކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން އުއްމީދު ކުރެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ