އެޕަލްއިން ދެން ނެރޭ އައިފޯން ތަކުގައި ޔޫއެސްބީ-ސީ ޕޯޓް ޗާޖިން ހިމަނަށް މަޒުބޫރު ވާނެއެވެ. ސަބަބަކީ އާންމު ޗާޖަރުތަކާ ބެހޭ ގޮތުން ޔޫރަޕުން އެކުލަވާލި ގާނޫނު ބުނާ ގޮތުން ޔޫރަޕިއަން ޔޫނިއަންގައި ވިއްކާ މޯބައިލް ފޯނާއި ޓެބްލެޓް އަދި ކެމެރާ ހިމެނޭ ގޮތަށް އިލެކްޓްރޯނިކްސް ސާމާނުތަކުގައި 2024 ވަނަ އަހަރު ނިމޭއިރު ޔޫއެސްބީ ޓައިޕް-ސީ ޗާޖިން ޕޯޓެއް ބެހެއްޓުމަށް ވަނީ ލާޒިމް ކޮށްފައެވެ.

އެހެން ހުރިހާ ކުންފުނި ތަކުން ނެރޭ ފޯނުތަކުތައި ސީ ޕޯޓުން ޗާޖުކުރެވޭ ގޮތަށް ހެދި ނަމަވެސް އެޕަލް ގޮތް ދޫނުކޮށް ލައިޓްނިން ޗާޖްޕޯޓް ދުލެއް ނުކުރިއެވެ.

އެޕަލް އައިފޯން އަންނަ އަހަރު ޔޫއެސްބީ-ސީއަށް ބަދަލުވާނެ ކަަމަށް ޓެކްނޮލޮޖީ އިންޑަސްޓްރީގެ އެނަލިސްޓް ބްރައިއަން މާ ވިދާޅުވެއެވެ. އެމެރިކާގައިވެސް އަދި ދުނިޔޭގައިވެސް އެންމެ އަގުބޮޑު ޓެކްނޮލޮޖީގެ އެންމެ ކުރިއަރާފައިވާ އެޕަލް ކުންފުނިން ނެރޭ ހުރިހާ ޑިވައިސްތަކެއްގައި ސީޕޯޓް ޗާޖިން މިހާރު ހިމަނަމުން އަންނަ ކަމަށާއި މިހާރުވެސް އެޕަލްގެ ބައެއް ކޮންޕިއުޓަރާއި ލެޕްޓޮޕްތަކުގައި ވަނީ ސީޕޯޓް ޗާޖިން ހިމަނާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ދެން ނެރޭ އެޕަލް އައިފޯނު ތަކުގައި ޗާޖު ކުރުމަށް ހިމަނާނީ މުޅިން އައު ޗާޖިން ސިސްޓަމެއް ކަމަށް އެޕަލްގެ ޗާޖިން ޕޯޓްތަކާ ބެހޭ މާހިރުން ލަފާ ކުރެއެވެ. މިހާރުވެސް ޔޫއެސްބީ-ސީ ޕޯޓް ބޭނުންކުރާ ސެމްސަންގު އަދި އެހެން ފޯނު ތަކުގައި ހިމެނޭ ގޮތަށް ވާދަވެރިންނާ އެއްވަރުވާ ޗާޖިން ސިސްޓަމެއް އެޕަލް ބޭނުމެއް ނުވާނެއެވެ. އެޕަލް ފޯނު ތަކުގައި ސީ ޕޯޓް ހިމެނި ނަމަވެސް އެ ސީޕޯޓް ވެގެން ދާނީ މިހާރު މި ބޭނުންކުރާ ސީޕޯޓް ޗާޖިން ކޭބަލް ބޭނުން ކުރެވޭ ނަމަވެސް އައިފޯނުގެ އާންމު އުސޫލުން ޗާޖުކުރުމުގައި އަވަސް، އެހެން ފޯނުތަކާއި ތަފާތު ޗާޖިން ސިސްޓަމަކަށެވެ.

އީޔޫގެ މިގާނޫނު ހެދުމަށް ގާތްގަނޑަކަށް 10 އަހަރު ވެފައިވާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނާ ގޮތުގައި ތަފާތު އެކިއެކި ވައްތަރުގެ ވާތަކުން ޗާޖުކުރަން ޖެހުމުން ކުނި އުފެދޭ ކަމަށާއި މި ގާނޫނުގެ ސަބަބުން އާ ފޯނެއް ނުވަތަ ލެޕްޓޮޕެއް ގަންނަ ކޮންމެ ފަހަރަކު އާ ޗާޖަރެއް ގަންނަން ޖެހޭ ޖެހުމަށް ހުއްޓުމެއް އަންނާނެ ކަމަށެވެ.

މިއީ އާންމު ވިސްނުމަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެޕަލްގައި ލައިޓިން ކޭބަލް ދޫނުކޮށް ތިބޭ މައްސަލަ މި ގާނޫނުގެ ސަބަބުން ހައްލު ވާނެ ކަމަށް ޔޫރަޕްގެ ގާނޫނު ހަދާ މަޖިލިސްގެ މެންބަރުން ޔަގީން ކުރެއެވެ.