އއ. ތޮއްޑޫ ކައިރިން ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއަކުން ޖެހި، އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ، މިއަދު 17:15 އެހާކަންހާއިރު ތޮއްޑޫ ކައިރިން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއެއްގެ ގައިގައި އެ ސަރަހައްދުން ދަތުރު ކުރި ޑިންގީއަކުން ޖެހިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވެފައިވަނީ ރަޝިއާގެ އަންހެން ފަތުރުވެރިއަކަށް ކަމަށެވެ.
ޑިންގީން ޖެހިގެން ފަތުރުވެރިޔާއަށް އަނިޔާވެފައިވާތީ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހާއަށް ލިބިފައިވަނީ ކިހާ ވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު