އަގުހުރި އެތައް އިނާމެއް ލިބޭ އެސްޓީއޯގެ ވޯލްޑްކަޕް ޕްރޮމޯޝަން، 'ހޭވައްލާ ތައްޔާރު" މިއަދު ފަށައިފިއެވެ.
އަންނަ މަހުގެ ފަހުކޮޅޮ ގަތަރުގައި ބާއްވާ ވޯލްޑްކަޕާއި ގުޅިގެން އެސްޓީއޯ އިން ކުރިޔަށްގެންދާ މި ހާއްސަ ޕްރޮމޯޝަން ފައްޓުވައިދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ރަޝާދެވެ. މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދުން ފެށިގެން 30 ނޮވެމްބަރު 2022 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައެވެ.
މި ޕްރޮމޯޝަނުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުން ކުރާ 500ރ ގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭއިރު އޭގެ ތެރެއިން އެއްވަނައަށް ހޮވޭ ނަސީބުވެރިޔަކަށް އެންމެ ފަހުގެ އައިފޯނު 14 ޕްރޯ މެކްސްއެއް ދޭން ވަނީ ނިންމައިފައެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް ޕީއެސް5 އެއް ވީއާރް އާއެކު ލިބޭއިރު ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15،000ރ ގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ވައުޗަރުގެ ދަށުން ނެގޭނީ ގެއާއި ބަދިގެ ސާމާނެވެ.
އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި ލަކީޑްރޯގެ އިތުރުންވެސް މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޕްރޮމޯޝަނުގައި ހިމެނޭ އައިޓަމްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި 50 އިންޗީގެ ފިލިޕްސް (މޮޑެލް 50PUT8115/98) ޓީވީއަކާއެކު ސައުންޑްސްޕީކާ ބާއެއް ހިލޭ ލިބޭއިރު އެހެން މޮޑެލްތަކުގެ ޓީވީތަކާއެކު ވެސް ފާރުގައި ހަރުކުރާ ބްރެކްޓް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މީގެ އިތުރުންސް މި ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައްވެސް ކުރިއަށްގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު