ފާއިތުވި ދިހަ ވަރަކަށް އަހަރު ނިކުންނަ ކޮންމެ އައިފޯނެއް ފުރަތަމަ ގަންނަ އެޕަލްގެ އެންމެ ވަފާތެރި އެއް ކަސްޓަމަރު އައިފޯނު 14 ގަނެވުނީތީ ދެރަވާ ކަމަށް ބުނެފިއެވެ.
ކުރީގެ އެންމެ މަގުބޫލު އެއްފޯނު ކަމަށްވާ ބުލެކްބެރީއަކުން އައިފޯން 4އެސް އަށް ބަދަލުވި ފަހުން ކޮންމެ އާ އައިފޯނެއް ގަންނަ މި މީހާ މިއަހަރުވެސް މިކަމުން އިސްތިސްނާވެފައެއް ނުވެއެވެ. ސެޕްޓެމްބަރު 17 ވަނަ ދުވަހު ނެރުނު އައިފޯން 14 ޕްރޯ މެކްސް ފޯނެއް އޭނާ ގަތީ ގެންގުޅެ ބާވެފައިވާ އައިފޯން 13 ޕްރޯ މެކްސް އާއި އެކު 640 ޑޮލަރު ދީފައެވެ. ބާކީ 780 ޑޮލަރު ދައްކަން ޖެހުނެވެ.
އެހެން ނަމަވެސް އައިފޯން 14 ގަނެގެން ހަފުތާއެއްހާ ދުވަސް ފަހުން މި މީހާ ބުނާ ގޮތުގައި "ޑައިނަމިކް އައިލެންޑް" ފިޔަވައި، މާބޮޑު ހައިރާންކަމެއް ލިބޭނެ އެއްވެސް އައުފީޗަރެއް އައިފޯން 14 ގައި ނެތެވެ.
އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސްގެ އަންހެން ދަރިފުޅު އިންސްޓަގްރާމްގައި އައިފޯން 14 އާއި ކުރީގެ އައިފޯން 13 މޮޑެލް ވައްތަރު ކަމަށް ސަމާސާ ކުރި މީމެއް ޕޯސްޓް ކުރަމުން ބުނެފައިވަނީ އައިފޯން 14 ނުގަތުމަށެވެ.
އެހެން ނަމަވެސް އެއަޑު ނާހައި އައިފޯން 14 ގަނެވުނީތީ މިހާރު މޮޔަ ހިތަށް އަރާކަމަށް އޭނާ ބުނެވެ. އައިފޯން 14 ގައި އައު ސޮފްޓްވެއާ ފީޗާސްތަކެއް ހުރިއިރު، ފޯނުގައި މާ ބޮޑު ތަފާތެއް ނެތުމުން އައިފޯނުގެ އެންމެ ވަފާތެރި އެއް ކަސްޓަމަރު މިހާރު ބުނަނީ މި ކުރެވުނީ މޮޔަކަމެއް ކަމަށެވެ. އައިފޯނު 14 އާއި އައިފޯނު 13 ޕުރޯ ގައި ލޮލަށް ފެންނަ ހަމަ އެކަނި ތަފާތަކީ ކުރިމަތީގައި ހުރި ސެލްފީ ކެމެރާގެ ތަފާތެވެ.
ބަލާ ބެލުމަށް މިނޫން ތަފާތެއް މި ދެ ފޯނުގައި ނެތެވެ. އެހެން ކަމުން އައިއޯއެސް 16 އަށް އައިފޯނު 13 އަޕްގުރޭޑް ކޮށްލުމުން މި ވަގުތަށް ފުދޭނެ ކަމަށް މި ކަސްޓަމަރު ގަބޫލު ކުރެއެވެ. އައިފޯނު 14 ގައި ތަފާތު އެކި އެކި މައްސަލަތައް ފެންނަލެއް ގިނަވުމާއި ޑިޒައިންގައި މާބޮޑު ތަފާތެއް ފެންނަށް ނެތުމުން ފޯނު ވިއްކޭވަރުވެސް ވަނީ މަދުވެފައެވެ.
އެހެން ކަމުން އެޕަލް ކުންފުނީގެ ދެން ނެރޭ ފޯން އައިފޯން 15 ގަތުމަށް މަޑުކޮށްލާނީ ކަމަށް ބުނާ މީހުންވެސް ވަރަށް ބޮޑަށްވަނީ ގިނަވެފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ