ވާރޭ ވެހުމުގެ ސަބަބުން، ކުރިމިނަލް ކޯޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކޯޓުގައި މިއަދު ތައާވަލުކޮށްފައިވާ ބައެއް އޮންލައިން ޝަރީއަތްތައް ކެންސަލްކޮށްފިއެވެ.
ކުރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ރޭކުރި ވިއްސާރައިގައި އެ ކޯޓުގެ ފުރާޅުން ފެން ފައިބައި ސާވާތަކުގެ ކޭބަލަށް ގެއްލުންވެފައިވާ ކަމަށެވެ. އެހެންވެ މިއަދު ހެނދުނަށް ތާވަލުކޮށްފައިވާ އޮންލައިން ޝަރީއަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޭބަލްތަކަށް ލިބުނު ގެއްލުންތައް ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށެވެ.
އޮންލައިން ޝަރީއަތްތައް ކެންސަލްކުރި ނަމަވެސް ކޯޓަށް ހާޒިރުވެގެން ކުރިއަށްގެންދާ މައްސަލަތައް ތާވަލާ އެއްގޮތަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓަށް ފެން ވަނުމުގެ ސަބަބުން މީގެ ކުރިން ވެސް ވަނީ ޝަރީއަތްތައް ކެންސަލްކޮށްފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައެއް ވެސް ވަނީ ކެންސަލްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު