އިކޮނޮމިކް މިނިސްޓްރީން ވޯލްޑް ބޭންކާ ގުޅިގެން ކުރިއަށްގެންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދޭން ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމްގެ މަގުސަދަކީ ކޮވިޑާ ގުޅިގެން މަސައްކަތް ހުއްޓި ނުވަތަ އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް މާލީ އަދި ތަމްރީނު އެހީ ފޯރުކޮށްދިނުން ކަމަށެވެ.
- ކާބޯތަކެތި އުފެއްދުން
- އަތްތެރި މަސައްކަތް
- ބިއުޓީ އަދި މޭކަޕް ކުރުން
- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
- ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
- އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާރޓްސް އަދި މިޔުޒިކް
- ކުޅިވަރު އަދި ފިޓްނަސް
މި އެހީއަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ ދާއިރާތަކުގެ ދަށުން 60,000 ރުފިޔާއާ ހަމައަށްވާ ފައިސާގެ އަދަދެއް ހިލޭއެހީގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އެ އެހީ ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ދޭ ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހެއެވެ.
- 1 ޖުލައި 2022 އާއި ހަމައަށް މަދުވެގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން
- ފާއިތުވެދިޔަ ހަތަރު ހަފުތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން
- ވަޒީފާއެއް އަދާކުރާނަމަ ހަފުތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުން އަންނަ ފަރާތަކަށް ނުވުން
މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ފިޔަވަހީގައި 500 މީހަކަށް އެހީ ދޭއިރު، އޭގެ ތެރެއިން 40 ޕަސެންޓް ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ. މި އެހީއަށް އެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު