އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނާއީ މޯހަން ކުވަޓްރާ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ވިނޭ މޯހަން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ މިއަދުން ފެށިގެން ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ. އަދި ވިނޭގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހްމަދު ލަތީފުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިއީ ވިނާއީ މޯހަން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ މިއަހަރުގެ މެއި މަހުއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެ ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު