އެކުއެޑޯއަށް ވޯލްޑް ކަޕްގައި ވާދަކުރޭވެ ކަމަށް ފީފާއިން ނިންމާފައިވާ ނިންމުމާ ގުޅިގެން ޗިލީއައި ޕެރޫގެ ފުޓުބޯޅަ ފެޑަރޭޝަނުން، އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކޮށްފިއެވެ.
ޕޭރޫއާއި ޗިލީގެ ފެޑެރޭޝަނުން އެކުއެޑޯ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ބޭރުކޮށްދިނުމަށް އެދި ފީފާއަށް މައްސަލަ ހުށަހެޅީ ކޮލިފިކޭޝަންގައި ބޭނުންކުރި ކުޅުންތެރިއެއްގެ އެލިޖިބިލިޓީއާ މެދު ސުވާލު އުފައްދާފައިވެއެވެ. އެކުއެޑޯއިން ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ކުޅުނު 18 މެޗެއްގެ ތެރެއިން އަށް މެޗެއްގައި އުމުރުން 23 އަހަރުގެ ބައިރޮން ކަސްޓިއޯ ބޭނުންކޮށްގެން ކުޅެފައިވާ އިރު، ޗިލީން މައްސަލަ ހުށަހެޅީ އޭނާއަކީ ކޮލަމްބިއާއަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށާއި، އުމުރުވެސް އޮޅުވާލި ކަމަށް ބުނެއެވެ.
ޗިލީގެ މައްސަލައަށް ޕެރޫއިން ފަހުން ވަދެފައިވާ އިރު، އެ މައްސަލަ ހުށަހެޅީ ކަސްޓިއޯ އެކުއެޑޯއަށް ކޮލިފިކޭޝަންގައި ކުޅުނު ހުރިހާ މެޗަކުން އެކުއެޑޯ ބަލިވި ކަމަށް ނިންމައިދިނުމަށެވެ. އެގޮތަށް ފީފާއިން ނިންމި ނަމަ، ދެކުނު އެމެރިކާގެ ކޮލިފިކޭޝަން ގްރޫޕަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.
އެކުއެޑޯއިން ކޮލިފިކޭޝަންގެ ހަތަރުވަނައިގައި ނިންމާލައި އޮޓޮމެޓިކުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ޔަގީންކޮށްފައިވެއެވެ. ގްރޫޕުގެ ފަސްވަނައަށް ޕެރޫ ގޮސްފައިވާ އިރު، ޕެރޫ އިންޓަ ކޮންޓިނެންޓަލް ކޮލިފިކޭޝަންގައި އޮސްޓްރޭލިއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ވޯލްޑް ކަޕަށް ގޮސްފައެއް ނުވެއެވެ. އެކުއެޑޯއާ ދެކޮޅަށް ފީފާއިން ނިންމިނަމަ، އެހާލަތު އެކުގައި ބަދަލުވާނެއެވެ. އޭރުން ޗިލީއަށް ހަވަނަ މަގާމު ލިބި، ކޮލަމްބިއާ ފަސްވަނައަށް ދާނެއެވެ. އަދި ޕެރޫ ހަތަރު ވަނަ މަގާމުގައި އޮޓޮމެޓިކުން ކޮލިފައިވާނެއެވެ.
މައްސަލައިގެ ނިންމުން ކާސްގައި އިސްތިއުނާފުކޮށް، ޗިލީއާއި ޕެރޫގެ ފުޓުބޯޅަ އިދާރާތަކުން ކޯޓުގައި އެދިފައި ވަނީ ނޮވެންބަރު 10 ވަނަ ދުވަހުގެ ކުރިން ނިންމުމެއް ނިންމައި ދިނުމަށެވެ. އޭރުން ވޯލްޑް ކަޕަށް އޮންނާނީ 10 ދުވަހަށް ގާތް ވެފައެވެ.
އެކުއެޑޯއިން ވޯލްޑް ކަޕްގައި ކުޅެން އޮތީ ގްރޫޕް އޭގައެވެ. އެ ގްރޫޕުގައި ދެން އޮތީ ހޯސްޓް ގަތަރާއި ނެދަލޭންޑްސްގެ އިތުރުން ސެނެގާލެވެ.
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022