ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ހޯރަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަދި ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

އެމްޓީސީސީން ބުނީ، ހޯރަފުށި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމުގެ މަސައްކަތާއި 25،909 އަކަ މީޓަރުގެ ސަރަހަދެއްގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. އަދި 25،090 އަކަ މީޓަރުގެ ސަރަހައްދެއްގައި 40 މިލިމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި 11،113.80 އަކަ މީޓަރުގެ ސަރަހަދެއްގައި ޕޭވްމެންޓް ހަދައި ސައިން ބޯޑު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން ހޯރަފުށި މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 71.91 މިލިއަން ރުފިޔާއަށް 470 ދުވަހުން ނިންމާ ގޮތަށެވެ.