ސޯޝަލް މީޑިއާގައި މަޗްހޫރު ދިވެހި ޒުވާނަކު ޓިޕިކަލް ދިވެހިންނޭ ކިޔައިގެން އަހަރުތަކެއް ކުރިން ހެދި ވީޑިއޯއެއް ވައިރަލްވެގެން ދިޔައެވެ. އެ ޒުވާނާ ދާދި ފަހުން ވަނީ އެ ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ. އެ ވީޑިއޯ އޭނާ ފޮހެލި ނަަމަވެސް އެ ވީޑިއޯ ދޭތެރެއަކުން ފެންނަ ކަމަށާއި އެކަން ކުރެވުނު މޮޔަ ހިތަށް އަރާކަމަށް ވެސް ވަނީ ބުނެފައެވެ.
އިންޓަނެޓް ނުވަތަ ޑިޖިޓަލް ދުނިޔެ އަހަރެމެން އެންމެންގެ، ދިރިއުޅުމުގެ ތެރެޔަށް ވަދެފައިވާ އިރު ގިނަބަޔަކު ހީކުރަނީ ފޭސް ބުކް އަދި ޓިކްޓޮކް ނުވަތަ ޓުވިޓަރ ޕޯސްޓްތަކާއި މެސެޖުތަކާއި ޕާސަނަލް ޑޭޓާ، އެމީހުން ކުރި ޕޯސްޓު ޑިލީޓް ކޮށްލުމުން އެ ފޮހެވިގެން ދިޔައީ ކަމަށެވެ. އެހެން ނަމަވެސް މި ހަފުތާގައި ބޭއްވި ޓެކް ކޯޓް އަޑުއެހުމެއްގައި ހިންގި ޝަރީއަތުން، އެ ހީކުރުމާ މެދު މިހާރު ވަނީ މާބޮޑަށް ސުވާލު އުފެދިފައެވެ.
ސިޔާސީ ހުރިހާ ވެރިންގެ ފެވަރިޓް ސޯޝަލް މީޑިއާ ޕުލެޓްފޯމް، ޓުވިޓާގެ ކުރީގެ ސެކިއުރިޓީ ޗީފް ޕީޓާ “މަޑްޖް” ޒަޓްކޯ އަންގާރަ ދުވަހު ސެނެޓްގެ ކޮމިޓީއަކަށް ވިދާޅުވީ އެކައުންޓް ކެންސަލްކުރާ ޔޫޒަރުންގެ ޑޭޓާ ސޯޝަލް ނެޓްވޯކުން އިތުބާރުހުރި ގޮތެއްގައި ޑިލީޓް ނުކުރާ ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑެތި ސޯޝަލް މީޑިއާ ޕުލެޓްފޯމް ތަކުގައި ކުރާ ޕޯސްޓް ތަކާއި، ހަދާ އެކައުންޓްތައް އަމިއްލަޔަށް ފޮހެލި ނަމަވެސް ސާރވަރ ތަކުގައި އެ ޕޯސްޓް ތަކާއި އެކައުންޓްތައް ފޮރުވިފައި ހުރުމަކީ ގިނަ ބަޔަކަށް ނޭނގި އޮތް ކަމެކެވެ.
ސޯޝަލް މީޑިއާ ރިސާޗަރެއް އަދި ކޮލަމްބިއާ ބިޒްނަސް ސްކޫލްގެ ޕްރޮފެސަރު މެޓްޒް ބުނާ ގޮތުގައި "އިންޓަނެޓުން އެއްޗެއް އަނބުރާ ގެންދިއުމާއި، އެ އެއްޗެއް ވުޖޫދުން ފޮހެލުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ސޯޝަލް މީޑިއާއަަށް އެއްޗެއް ޕޯސްޓު ކުރުމަށްފަހު އެ ޕޯސްޓު ޑިލީޓް ކުރި ނަމަވެސް ގިނަ ފަހަރު ރައްޓެހިންނާއި، ލައިކް ނުދިނަސް ކަން ބަލާ މީހުން ތިބެނީ އަޕްލޯޑް ކޮށްލާ ވީޑިއޯ ނުވަތަ ފޮޓޯގަނޑު ނުފެނިގެންނެވެ. އެމީހުންވެސް އެ ފޮޓޯތަކާއި ވީޑިއޯތައް ސޭވް ކުރެއެވެ. އެ ފޮޓޯ ތަކާއި ވީޑިއޯތައް އެކި ތަންޓަނަށް އެމީހުންވެސް އަޕްލޯޑް ކުރެއެވެ. އެހެންކަމުން އަމިއްލަ ފޯނުން އެ ޕޯސްޓް ނުވަތަ ފޮޓޯ އަދި ވީޑިއޯ ފޮހެލުމަކުން އަދި ނުނިމެއެވެ. ހުރިހާ ރައްޓެހިން ނުވަތަ އެ ޕޯސްޓް ބެލި މީހުން ސްކްރީންޝޮޓެއް ނެގިތޯ އާއި ސޭވް ކުރިތޯ ބެލޭ ފަހަރުވެސް އާދެއެވެ.
ސޯޝަލް މީޑިއާ ރިސާޗަރ ސެން ވިދާޅުވީ ގިނަ ބަޔަކަށް އެމީހުންގެ ޕޯސްޓު ކުރާ ފޮޓޯ އާއި ވީޑިއޯ އެ ހުންނަ ހިސާބެއް އަދި އެ ޕޯސްޓްތައް ގޮސް ނިމޭ ހުރިހާ ތަނެއް ނޭނގޭ ކަމަށެވެ. އީމެއިލް ވިޔަސް، ސޯޝަލް މީޑިއާ ކޮމެންޓެއް ވިޔަސް ނުވަތަ ޑައިރެކްޓް މެސެޖެއް ވިޔަސް ކޮންމެ ޕޯސްޓެއް އާންމުކޮށް ސޭވް ކުރެވެނީ ޔޫޒަރުގެ ޑިވައިސްއާއި، ލިބޭ މީހާގެ ޑިވައިސްއާއި، ތިބާ ބޭނުންކުރި ޕްލެޓްފޯމެއްގެ ސަރވަރތަކުގައެވެ. އެހެން ނަމަވެސް ޕޯސްޓެއް، ނުވަތަ އަޕްލޯޑް ކުރި ފޮޓޯ ނުވަތަ ވީޑިއޯ އަމިއްލައަށް ޑިލީޓް ކޮށްފިނަމަ، އަމިއްލަ ފޯނުންނާއި ނުވަތަ ކޮންޕިއުޓަރުން އަދި ސަރވަރ "މި ތިން ތަނުން ވެސް ގެއްލިގެން ދާން ޖެހެއެވެ." އެހެން ނަމަވެސް މި ބުނި ތިންތަނުން އެކީގައި އެއްޗެއް ފޮހެވޭ ކަމަށް ކުރިން ހީކުރި ހީކުރުން މިވަނީ ބަދަލު ކުރަން ޖެހިފައެވެ.
އެހެން ކަމުން އިންޓަނެޓަށް އެއްޗެއް ގޮސްގެން ދެރަވާފަދަ ކަމެއް ކުރުމުގެ ކުރިން ދެފަހަރަށް ވިސްނާލުން ރަނގަޅެވެ. ޑިޖިޓަލް މިފަދަ ޒަމާނެއްގައި އޮންލައިން ޑޭޓާ ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅު ގޮތަކީ އެންކްރިޕްޝަން ލިބޭ އެޕްތައް ބޭނުން ކުރުން ކަމަށް ޕްރައިވެސީގެ ތަޖުރިބާކާރުން ބުނެ އެވެ. އަދި އެންކްރިޕްޓް ކުރެވިފައިވާ ހިދުމަތްތަކުން ލިބޭ ޕްރައިވެޓް ޑޭޓާ ބޭނުން ކުރުން ނުވަތަ އިތުބާރު ހުރި ކުލައުޑް ބެކަޕްތަކުގައި ޑޭޓާ ފޮޓޯ އަދި ވީޑިއޯ ބެހެއްޓުމުން އެ އެއްޗެހި ލީކްވެގެން ނުވަތަ އަހަރު ތަކެއް ފަހުން އެނބުރި އައުން މަދު ކުރެވޭނެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ