ކާތަކެތީގެ ރަހަމީރުކޮށްދެއެވެ. ރިހަ، މަސް، ތަފާތު ވައްތަރުވައްތަރުގެ ޕާސްތާ، ނޫޑުލްސް، ބަތް، ޕިއްޒާ، ބަނަަސްތައް، މިހެން ގޮސް ކިތަންމެ ގިނަ ބާވަތެއްގެ ނަންވެސް ހިމެނިދާނެއެވެ. ކޮންމެ އެއްޗަކަށްވެސް ލޮނުމެދު އެޅުމުން އޭގެ ރަހަ ތަފާތުކޮށްދީ އިންތިހާއަށް މީރުކޮށްލައެވެ. ތޮށިނޮޅުމާއި ކޮށުމާއި އަދި ކެއުމުގައިވެސް އާދަޔާހިލާފަށް ވަސްގަދަ ލޮނުމެދުގައި ވަހަށް ކެތްވާވަރުގެ މީރުރަހައަކަށް ވީގޮތަށް، ވަހަށް ކެތްކުރަން ޖެހޭފަދަ އެތައް ސިއްހީ ފައިދާތަކެއް ވެސް އެކުލެވިފައިވެއެވެ. މީގެ ރަހައާނުލައި ކާތަކެތީގެ ރަހަ ފުރިހަމައެއް ނުވެއެވެ.

ލޮނުމެދަކީ ބެކްޓީރިއާ، ވައިރަސް، ފަންގަސް، އަދި ޕެރަސައިޓްތަކާ ދެކޮޅަށް ހަނގުރާމަކުރުމަށް ގާބިލު އެއްޗެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއް ދިރާސާއަކުން ދައްކާ ގޮތުގައި ތާޒާކޮށް ކޮށާފައިވާ ލޮނުމެދުގެ އެކްޓިވް ކޮމްޕޮނެންޓެއް ކަމަށްވާ އެލިސިންއަކީ އެންޓިވައިރަލް ޕްރޮޕަޓީސް އެކުލެވޭ އެއްޗެކެވެ.

ލޮނުމެދަކީ ދުނިޔޭގައި އެންމެ ދުވަސްވީ އެއް ބާވަތެވެ. މިއީ ލިލިއޭސީ އާއިލާއަށް ނިސްބަތްވާ ގަހެކެވެ. މި އާއިލާގެ އެހެން މެންބަރުންގެ ތެރޭގައި ފިޔާ، ލީކްސް، ޗައިވްސް އަދި ޝެލޮޓް ހިމެނެއެވެ. އެއީ އެތަކެތީގެ ގަދަ ވަހާއި ރަހައިގެ ތަފާތުކަމަށް ހާއްސަ ބާވަތްތަކެވެ. ކިތަންމެ އުނދަގޫވާފަދަ ގަދަ ވަހެއް ހުއްޓަސް ލޮނުމެދުގެ ވަސް ހަނދާން ނެތޭހާ އޭގެ ފައިދާތައް ގިނައެވެ.

ލޮނުމެދަކީ ވަރަށް ގިނަ މާއްދާތަކެއް އެކުލެވޭ އަދި ސިއްހަތަށް ތަފާތު ފައިދާތަކާ ގުޅިފައިވާ އެއްޗެކެވެ. ނަމަވެސް ކޮންމެ އެއްޗެއްވެސް ބޭނުން ކުރުމުގައި ހައްދުފަހަނައަޅައި ގޮސް، މާގިނައިން ބޭނުންކުރާނަމަ އޭގެ ގޯސް ނަތީޖާ ފެންނާނެއެވެ. އެގޮތުން ލޮނުމެދުވެސް އާދަޔާހިލާފަށް ގިނައިން ކެއުމުން، އަނގައާއި ނޭވާގައި ނުބައިވަސް ހިފުން، އެސިޑް ރިފްލަކްސް، ހަޖަމުކުރުމުގެ މައްސަލަތައް، ލޭއައުމުގެ ފުރުސަތު ބޮޑުވުން ފަދަ ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ.

  • ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދޭ
  • ލޭމައްޗަށް ދިއުން ކުޑަކުރުމަށް އެހީތެރިވެދޭ
  • ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް އެހީތެރިވެދޭ
  • ކެންސަރުން ރައްކާތެރިވުމަށް މަގުފަހިކުރޭ
  • އެންޓިބަޔޮޓިކް ޕްރޮޕަޓީސް ހުރޭ
  • އަލްޒައިމާ އާއި ޑިމެންޝިއާއިން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ
  • އެތުލެޓިކް ޕާފޯމަންސް ރަނގަޅު ކުރެވޭނެ
  • ބޭސްވެރިކަމުގެ ސިފަތަކެއް ހުންނަ ކޮމްޕައުންޑްތައް ހިމެނޭ
  • ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
  • ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތައް ހުރޭ
  • އެންޓިމައިކްރޮބިއަލް އަދި އެންޓިފަންގަލް ޕްރޮޕަޓީސް އެކުލެވިގެންވޭ
  • ކަށީގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ