"އުރީދޫ ނޭޝަން" ގޭމިން ޕްލެޓްފޯމް މެދުވެރިކޮށް ބާއްވާ އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރު ފަށައިފިއެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާ އެކު މިއަހަރުގެ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕާ ހަމައަށް ކުރިއަށްދާ ސިލްސިލާ ކޮލިފައިން މުބާރާތެކެވެ.

އެ ސިލްސިލާގެ ފުރަތަމަ ޕަބްޖީ ކޮލިފައިން މުބާރާތް ނިމި، މިހާރު ކުރިއަށްދަނީ ދެވަނަ ކޮލިފައިން ސީރީޒްއެވެ.

އުރީދޫއިން މިއަދު ބުނީ ރޭ ފެށި ޕަބްޖީ ކޮންޓެންޑާ ސީރީސް ދޭއްގައި 500 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވެފައިވާ ކަމަށެވެ. ފުރަތަމަ ބުރާ އެއްގޮތަށް މިފަހަރުވެސް ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ދެވަނަ ޓީމަށް 3000 ރުފިޔާ އަދި ތިންވަނަ ޓީމަށް 2،000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް އެކެއްގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން މިމަހުގެ ތިން ވަނަ ދުވަހު ފައިނަލްގައި ވާދަކުރި ތިން ޓީމެއް ވަނީ މި އަހަރު ބާއްވާ މުބާރާތަށް ކޮލިފައިވެފައެވެ. އެއީ އާރް ޖީސީ ޑެނޯ، ކޭއެޗް އީސްޕޯޓްސް އަދި އެލްއެންއެން ސްޕީޝީސްއެވެ.

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕަށް ޖުމްލަ ތިން ކޮންޓެންޑާ ސީރީސް އެއް ބާއްވާނެއެވެ. މީގެން ކޮންމެ ސީރީސް އަކުންވެސް ވަނަތަކަށް ހޮވޭ ތިން ޓީމު ދެން ވާދަކުރަން ޖެހޭނީ އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް މުބާރާތްތައް ބާއްވާ އޮފިޝަލް ކޮލިފައިން ބުރުގައެވެ. އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ.

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓްގައި ވާދަކޮށް އެންމެ މޮޅު ހަތް ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އެ މުބާރާތް އޮންނާނީ މިއަހަރުގެ ނޮވެމްބަރު މަހު ކަމަށް އުރީދޫން ބުންޏެވެ.