ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑެއިލީ ޑޭޓާ ލިބޭ އާ އޮފާއެއް ތައާރަފުކޮށްފިއެވެ.

"ސަޅި 2 ވީކްސް" ގެ މި ޕްލޭންގެ ދަށުން ކަސްޓަމަރުންނަށް ދުވާލަކު ފަސް ޖީބީގެ ޑޭޓާ އެންމެ 265 ރުފިޔާއަށް ލިބޭނެއެވެ.

ޖުމްލަ 70 ޖީބީ ލިބޭ މި "ސަޅި 2 ވީކްސް" އެޑްއޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް https://bit.ly/Dhiraagu-App މެދުވެރިކޮށް ނުވަތަ "S1GB14" ކީވޯޑް ޖަހާފައި 343 އަށް އެސްއެމްއެސްއެއް ކޮށްގެންވެސް ނެގޭނެއެވެ.

ދިރާގުން މިއަދު ބުނީ ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު އާކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިހުތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އެ ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅޭނެއެވެ.