ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އަލަމްގީރްގެ ބަޔާނުގައި ބުނާ "ބޮސް" ކަން ހާމަވެއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގި ވީޑއޯތަކެއް ރެކޯޑުކޮށް އެތަކެތި ބޭނުންކޮށްގެން އެކި މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެ ދެމީހުންގެ ތެރޭގައި ހަމްދޫން އަބްދުﷲ ހިމެނޭކަން ފުލުހުންގެ އިސް އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މި ހަމްދޫނަކީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުން ފެންނަ އަލަމްގިރި ތަހުގީގަށް ދިން ބަޔާން ކަމަށްބުނެ ދައުރުވި ބަޔާނުގައި އޭނާ "ބޮސް"ގެ ނަމުން މުހާތަބުކުރާ ހަމްދޫން އެވެ.
އަލަމްގީރްގެ ބަޔާނުގައި ބުނެފައިވަނީ ހަމްދޫނަކީ އޭނާ މަގުމަތިވެފައި ހުއްޓާ ބޯހިޔާވަހިކަން ދިން މީހާ ކަމަށެވެ. ހަމްދޫނުގެ ދެމަފިރިން އޭނާ ބެލީ އަމިއްލަ ދަރިއެއް ފަދައިން ކަމަށާއި އެމީހުން ހިފައިގެން އުޅުނު ދެ ކޮޓަރީގެ އެޕާޓުމަންޓުން އެއްކޮޓަރި އޭނާއަށް ދީފައި ހުންނަ ކަމަށްވެސް ބުނެފައިވެއެވެ. އެއްޖިންސުން ގުޅުން ހިންގީ އެ ކޮޓަރީގައި ކަމަށްވެސް ބުނެފައިވެއެވެ.
ލީކުވި ބަޔާނުގައި އަލަމްގީރް ވަނީ ހަމްދޫން ވަރަށް ބޮޑަށް ދިފާއު ކޮށްފައެވެ. ހަމްދޫނާއެކު ދުވަހަކުވެސް ޖިންސީ ގުޅުން ނުހިންގާ ކަމަށާއި ވީޑިއޯތައް ލީކުވީ އެ ވީޑިއޯތައް ހުރި ފޯނު ގެއްލުނުފަހުން ކަމަށް ވަނީ ބުނެފައެވެ.
ސަރުކާރުގެ އެކި އިދާރާތަކުގެ މީހުންނާއި ސިޔާސީ އިސް މީހުންނާއި ފުލުހުންނާއެކު އަލަމްގީރް ޖިންސީ ގުޅުން ހިންގާފައިވާ ވީޑިއޯތަކެއް ވަނީ ދައުރުވެފައެވެ. މި ވީޑިއޯތައް ލީކުވާންފެށީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މި ވީޑިއޯތައް ބޭނުންކޮށްގެން އެތައް ބަޔަކު ބްލެކްމެއިލްކޮށް ގިނަ އަދަދުން ފައިސާ ހޯދާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބޭއްވި ބައްދަލުވުމެއްގައި ވަނީ ބުނެފައެވެ.
އަލަމްގީރް އާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އޭނާއާއެކު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ކާނަލް ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ހައްޔަރު ކުރިއެވެ. އަދި އެމީހުންގެ ތެރެއިން ނާޒިމް އާއި ރަފީއުގެ މައްޗަށް ކުށް ސާބިތުވެ ވަނީ ހުކުމް އިއްވާފައެވެ.
އެގޮތުން ނާޒިމް ތިން މަހާއި 26 ދުވަހަށް ގޭބަންދުކުރަން ހުކުމް ކޮށްފައިވާއިރު ރަފީއު އެއް އަހަރާއި އެއް މަހާއި 28 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
މީގެ އިތުރުން އަލަމްގީރަށް ވަނީ 40 ދައުވާއެއް އުފުލާފައެވެ. މި 40 ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ، އަލަމްގީރްގެ މައްޗަށް ކުރި 40 ދައުވާއަށް، ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އިއުތިރާފު ވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާއިން މައްސަލަ ނިންމުން ކަމަށެވެ.
އޭނާއަށް ހުކުމް އިއްވުން އޮންނާނީ މިމަހު 28 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ. އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އަލަމްގީރަށް ވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތިން ދައުވާއެއްކޮށް އެ ދައުވާތައް ސާބިތުވުމުން ހަތް މަހާއި ހަ ދުވަހަށް ޖަލަށްލައިފައެވެ. އިތުރު 40 ދައުވާއެއްވެސް ވަނީ އުފުލާފައެވެ. މި 40 ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބުނީ، އަލަމްގީރްގެ މައްޗަށް ކުރި 40 ދައުވާއަށް، ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އިއުތިރާފު ވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާއިން މައްސަލަ ނިންމުން ކަމަށެވެ.
އޭނާއަށް ހުކުމް އިއްވުން އޮންނާނީ މިމަހު 28 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ. އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު