ގިނަ އަދަދެއްގެ ދިވެހިންނާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެ، ހުކުމް ކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްގެ މައްޗަށް ދައުލަތުން އުފުލާފައިވާ 40 ދައުވާއިން ކުރެ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕްރޮސެކިއުޓާޖެނެރަލް އޮފީސް (ޕީޖީ އޮފީހުން) ބުނެފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދެންމެ ބުނީ، އަލަމްގީރުގެ މައްޗަށް ކުރި 40 ދައުވާއަށް، ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އިއުތިރާފު ވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާއިން މައްސަލަ ނިންމުން ކަމަށެވެ.
އޭނާއަށް ހުކުމް އިއްވުން އޮންނާނީ މިމަހު 28 ވަނަ ދުވަހުކަމަށްވެސް ބުނެފައިވެއެވެ. އަދަބަކީ ކޮންމެ ދައުވާއަކަށް 27 ދުވަހުގެ ޖަލު ހުކުމެއްކަމަށްވެސް ބުންޏެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް ދެންމެ ވިދާޅުވީ، އޮރިޔާން ކާޑު ހެދުމުގެ ކުށުގައި އަލަމްގީރަށް ކޮށްފައިވާ 40 ދައުވާގެ ތެެރެއިން ކޮންމެ ދައުވާއަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބަކީ، އެއްމަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް އަވަސްނިޔާގައި، އޭގެ ތެރެއިން ކޮންމެ ދައުވާއަކަށް 27 ޖަލު ހުކުމެއް ކުރަން ޖެހެނީ، އެ 40 ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ ގާނޫނުގައި ބުނާ ލުއި ދިނުމުން ކަމަަށްވެސް ވިދާޅުވިއެވެ.
އަލަމްގީރުގެ މައްޗަށްކުރި 40 ދައުވާއަށް އޭނާ އިއްޔެ އުތިރާފު ވެފައިވާ އިރު، މީގެ ކުރިން އޭނާގެ މައްޗަށް ކުރި އެއްޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާއަކާ ގުޅިގެން ކޮށްފައިވާ ޖަލު ހުކުމެއް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ.
އެ މައްސަލަތަކުގައި ހުސްވި އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށެވެ. އެއީ އެ މައްސަލައަށް އޭނާ އިއުތިރާފުވެފައި ވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން ލުއިދިނުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު