ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ 'ފިޓްސްއެއާ' އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުން ބުނެފައިވާ ގޮތުގައި، މާލެއަށް ޝެޑިއުލް ދަތުރުތައް ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ. ކޮންމެ ހަފްތާއަކު ތިން ފްލައިޓް އޮޕަރޭޓްކުރަން ހަމަޖެހިފައިވާ އިރު އެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާލައިނުން ބުނެއެވެ.
ފިޓްސްއެއާ އިން މީގެ ކުރިން ރާއްޖެ އާއި ލަންކާއާ ދެމެދު ކާގޯ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އެއާލައިނުން ފުރަތަމަ ރާއްޖެއަށް ކާގޯ ދަތުރުތައް ކުރަން ފެށީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. ފިޓްސްއެއާ އަކީ ލަންކާގެ ދެވަނަ އިންޓަނޭޝަނަލް އެއާލައިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު