މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.

ހެންވޭރު ދަނޑުގައި ރޭ ބޭއްވި އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވަނީ އެކުންފުނިން ރިޓަޔާކުރި މުވައްޒަފުންނާއި އެ ކުންފުންޏަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފައެވެ.

އެމްޕީއެލުން މިދިޔަ އަހަރު ރިޓަޔާ ކުރި ފަސް މުވައްޒަފަކަށް އެވޯޑް ހަވާލުކޮށްދެއްވީ އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲއެވެ. އެމްޕީއެލަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި، މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

  • މުހައްމަދު ޝަރީފް، 29 އަހަރު ހިދުމަތް ކުރުމަށް ފަހު
  • އަލީ ނަޖީބް، 28 އަހަރު ހިދުމަތް ކުރުމަށް ފަހު
  • އަލީ ރަޝީދު، 19 އަހަރު ހިދުމަތް ކުރުމަށް ފަހު
  • މޫސާ އަންވަރު، 17 އަހަރު ހިދުމަތް ކުރުމަށް ފަހު
  • ކެޕްޓަން މުހައްމަދު ޝާހިދު، 13 އަހަރު ހިދުމަތްކުރުމަށް ފަހު
  • މުހައްމަދު އަގްލީމް، 35 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އާދަމް ވަހީދު، 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އިލްޔާސް މުހައްމަދު، 32 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އިބްރާހިމް ޔޫސުފް، 32 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އަހުމަދު ރަޝާދު، 31 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • ރަޒިއްޔާ މޫސާ، 31 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އިބްރާހިމް ހަލީމް، 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އަބްދުލްލަތީފް އަބްދުލްކަރީމް، 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އަހުމަދު އުންމީދު، 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އަހުމަދު މުސްތަފާ، 32 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި
  • އަހުމަދު ނިޒާމް، 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި

އަހަރީ ދުވަހުގެ ޖަލްސާގައި އެމްޕީއެލްގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ރަމްޒީ ހަދިޔާއެއް އަރުވައިފައެވެ. އެ ރަމްޒީ ހަދިޔާ ރައީސަށް އެރުވީ، އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.