ޚަބަރު

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، ތިން މީހަކަށް އަނިޔާވެ ފަރުވާދެނީ

އަލީ ޔާމިން

ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގީ މިރޭ 6:55 ހާއިރު، ހުޅުމާލެ ނެރުމަތިން ބޮޑު ލޯންޗަކާއި ކުޑަ ލޯންޗެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ހަތް މީހުންނާއެކު ދަތުރުކުރި ކުޑަ ލޯންޗުގައި ތިބި ތިން މީހަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.

މި އެކްސިޑެންޓުގެ ދެ ލޯންޗަށްވެސް ބޮޑެެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.