ރ. އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެމުން މިރޭ ބުނީ، ރޭ 1:12 އެހާކަންހާއިރު އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ. ނައިފަރު ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ފަޔާމަނުންނަށް އެ ރިސޯޓަށް ދެވުނީ ރޭ 2:46 އެހާކަންހާއިރު ކަމަށާއި އޭރު ރިސޯޓުގެ ފަޔާ ސްކޮޑުން ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރިސޯޓްގެ ފަޔާ ސްކޮޑާއި ނައިފަރު ފަޔާ ސްޓޭޝަންގެ ފަޔާމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުރި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.