ގާނޫނާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ކަމަށް ރާއްޖޭގެ މަސްވެރި ދޯންޏަކުން އެމްއާރުސީސީއަށް މިއަދު ހެނދުނު 11:26 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ "މާފަތް" ލޯންޗް، އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އެ ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ. އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންނެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް މި އުޅަނދު ގެނެވި، ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު