ގަން އިންޓަނޭޝަނަލް ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ، އިންޒާރުދިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، މިއަދު 17:25 އެހާކަންހާއިރު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސްހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނި މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައުލޫމާތު ލިބުމުން އެކަން އެމްއެންޑީއެފްއާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި އެމްއެންޑީއެފް އެ މީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރި އިރު އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު