މިދިޔަ މަހުގެ ތެރޭގައި މީހަކަށް ކޯރާޑިން ހަމަލާދިން މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފި އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ހިނގި އެ ހާދިސާގައި ހަމަލާދީފައިވަނީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަދެ އުޅުނު މީހަކު ހުއްޓުވަން މަސައްކަތްކުރި ބިދޭސީއަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، މި މައްސަލާގައި އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މި މައްސަލާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުން ފަރުވާ ދިން ނަމަވެސް އޭނާގެ މިހާރުގެ ހާލަތެއް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު