ބަނގުރާ ބޭނުންކޮށް، އޭގެ ވިޔަފާރިކުރި މައްސަލައިގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެމީހާ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި އެމީހާއަކީ ތިލަފުށީގައި ހުންނަ ގަލްފްކްރާފްޓް ސައިޓުގައި އުޅޭ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު