އިދާރީ ދާއިރާތައް ލާމަރުކަޒު ކުރުމުގެ ގާނޫނުގެ ދަށުން 42 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ.
ލޯކަލް ކައުންސިލްތކުގެ އެސްޖީގެ މަގާމަށް މީހުން ނަގަން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެންނެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެއްވެސް އެސްޖީއަކު ނެތް ރަށްތަކަށް 42 އެސްޖީން ހޯދަން ބޭނުންވާ ކަމަށެވެ.
- ހއ. އިހަވަންދޫ
- ހއ. ކެލާ
- ހއ. ވަށަފަރު
- ހއ. އުތީމު
- ހދ. ނައިވާދޫ
- ހދ. ހިރިމަރަދޫ
- ހދ. ކުރިނބި
- ށ. ފޭދޫ
- ށ. ނަރުދޫ
- ށ. މަރޮށި
- ށ. ޅައިމަގު
- ނ. ހެނބަދޫ
- ނ. ފޮއްދޫ
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. ހުޅުދުއްފާރު
- ރ. ރަސްމާދޫ
- ބ. ފެހެންދޫ
- ބ. ހިތާދޫ
- ބ. ކިހާދޫ
- ބ. ކަމަދޫ
- ބ. ކުޑަރިކިލު
- ކ. ކާށިދޫ
- އއ. މާޅޮސް
- އދ. ފެންފުށި
- އދ. ދިގުރަށް
- ވ. ފުލިދޫ
- ވ. ތިނަދޫ
- ވ. ފެލިދޫ
- ވ. ރަކީދޫ
- މ. ރަތްމަންދޫ
- މ. މުލައް
- މ. ނާލާފުށި
- މ. މަޑުއްވަރީ
- ދ. ރިނބުދޫ
- ދ. މާއެނބޫދޫ
- ތ. ވިލުފުށި
- ތ. ވަންދޫ
- ތ. ގާދިއްފުށި
- ގދ. މަޑަވެލި
- ގދ. ފަރެސްމާތޮޑާ
- ގދ. ވާދޫ
ސީއެސްސީން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެސްޖީގެ ދެ ރޭންކެއް ހިމެނެއެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާއެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާއެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.
ސިވިލް ސާވިސް އިން ބުނީ ދެ ރޭންކަށްވެސް ވަކި ޝަރުތުތަކެއް ހަމަވާންޖެހޭ ކަމަށެވެ. އެގޮތުން މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދެވަނަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތްތަކަށް ފުރުސަތު ދެވޭނީ ފުރަތަމަ ކެޓަގަރީގެ ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނުވާނަމަ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.
މީގެ ތެރެއިން ފުރަތަމަ ރޭންކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރޭގައި މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ގަވަނަންސް، އާބަން ސްޓަޑީސް، ސޯޝަލް ސައިންސް ނުވަތަ ކޮމިއުނިޓީ ޑިވެލޮޕްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް ހަތެއް ނޫނީ ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހެއެވެ.
އޭގެ އިތުރުން ސަރުކާރުގައި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަދުވެގެން ތިން އަހަރު ދުވަހު މަސައްކަތްކޮށް، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކަނޑައަޅާފައިވާ މަގާމުގެ މަސައްކަތާ ގުޅޭ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.
ރަށު ކައުންސިލުތަކުގެ އިތުރުން، ހަތަރު އަތޮޅު ކައުންސިލްގެ އިދާރާތަކަށް އެސްޖީން ހޯދުމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ. އަތޮޅު ކައުންސިލްގެ އެސްޖީންގެ މުސާރައަކީ 21،000 ރުފިޔާއެވެ.
ސިވިލް ސާވިސްގެ ގާނޫނު ބުނާ ގޮތުން ކައުންސިލް އިދާރާތަކުގެ ސިވިލް ސާވިސްގެ އެންމެ އިސް ވެރިއަކީ އެސްޖީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު