ޚަބަރު

މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް ނިމިއްޖެ

މުހައްމަދު ޖަމްޝަތް ވަހީދު

އއ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 65 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ މާޅޮހު ބަނދަރުގައި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ޖުމުލަ 56.97 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 10 ނޮވެމްބަރު 2020ގައެވެ. އެއްބަސްވުމުގައިވާ ގޮތުން މަޝްރޫއު އެއް އަހަރު ދުވަހުގެ ތެރޭ ނިންމަންޖެހެއެވެ.

މި މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރު ކޮނުމާއި 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެއެވެ. އޭގެ އިތުރުން 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.