އުރީދޫ އާޗާ ކަސްޓަމަރުންނަށް ހާއްސަކޮށް 150 ރުފިޔާއަށް 28 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ އެ އޮފާއަކީ ލިމިޓެޑް ޓައިމް އޮފާއެއް ކަމަށާއި އެއީ އާޗާ ކަސްޓަމަރުންނަށް ހާއްސަކޮށް ހަތް ދުވަހަށް ލިބޭ އޮފާއެއް ކަމަށެވެ. އެ އޮފާ އުރީދޫ ވެބްސައިޓް ނުވަތަ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

މި ޕެކޭޖުން ލިބޭ ބޯނަސް ޑޭޓާ ވަނީ ރެގިއުލާ ޑޭޓާގެ އިތުރުން ބޯނަސް ޑޭޓާ އަދި ސޯޝަލް މީޑިއާ އެޕްތައް އަދި ސްޓްރީމިން އެޕްތަކަށް ހާއްސަކޮށް ބަހާލެވިފައި ކަމަށް އުރީދޫން ބުންޏެވެ.

އެގޮތުން ރެގިއުލާ ޑޭޓާގެ ގޮތުގައި ދުވާލަކު ހަތަރު ޖީބީ ޑޭޓާ ލިބޭނެއެވެ. ބޯނަސް ޑޭޓާގެ ގޮތުގައި އެއް ޖީބީ ލިބޭއިރު، ސޯޝަލް މީޑިއާ އެޕްތަކަށް އަދި ސްޓްރީމް ކުރަން ދުވާލަކު އެއް ޖީބީ ޑޭޓާ ލިބޭނެއެވެ.

އުރީދޫން ބުނީ، މި ޕެކޭޖް އެކްޓިވޭޓް ކޮށްގެން އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން ސެމީ ފައިނަލް މެޗެއް ބަލައިލަން ގަތަރަށް ދިއުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.