އިމާރާތްކުރަމުން ދިޔަ ތަނަކުން ދަގަނޑެއް ވެއްޓި، މީހެއްގެ މޫނަށް ހެރި އޭނާގެ ހާލު ސީރިސްވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ޒަހަމްވި މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށެވެ. ފުލުހުންނަށް އެކަމާބެހޭ މައުލޫމާތު ލިބުނީ މިއަދު 11:00 ހާއިރެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.
އެކަމާ ގުޅިގެން އޭޑީކޭއިން "ވަން" އަށް ބުނީ އެމީހާގެ ހާލު ސީރިއަސް ކަމަށެވެ. ނަމަވެސް މިވަގުތު އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ދަގަނޑު ހެރިފައިވަނީ ހެންވޭރުގައި އިމާރާތް ކުރަމުންދިޔަ ތަނެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ މޫނަށެވެ.
"ވަން" އަށް ލިބިފައިވާ ފޮޓޯތަކުގައިވާ ގޮތުން ދަގަނޑު ވަދެފައިވަނީ އޭނާގެ ނޭފަތުގެ މެދާ ދިމާލުން އެތެރެ ހައްޓަށެވެ. އެ ދަގަނޑުގެ ދިގުމިން އަދި އެނގިފައި ނުވި ނަމަވެސް ދަގަނޑުން ބޭރަަށް ހުރީ ފޫޓެއްހާތަނެވެ.
އެދަގަނޑު ހެރުނީ ހަދަމުންދިޔަ އިމާރާތުގެ ހަތްވަނަ ފަންގިފިލާއަށް ދަނގަޑު އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމައްކަތުގައި އުޅުނު މީހެއްގެ މޫނަށެވެ.