ޚަބަރު

ސަބްމެރިނެއްގެ ތިން ގޭސްފުޅި ގޮވައި، ވިލިމާލެ ކައިރިން ބާރު އަޑެއް

ވިލިމާލެއާއި މާލެއާ ދޭތެރޭގައި އޮންނަ ސަބްމެރިންގެ ތިން ގޭސްފުޅިއެއް ގޮވައި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މިރޭ ބުނީ ވިލިމާލެއާ ދިމާލުން ބާރު އަޑެއް ގޮވުމާއެކު އެވަގުތު އައިޖީއެމްއެޗް ޑިއުޓީގައި ތިބި، ސެޕްޝަލް ކޮންސްޓަބުލަރީ ކޮންސްޓަބަލުން ރިޕޯޓު ކުރި ކަމަށެވެ.

އެ ފުލުހުން ބާރު އަޑުގެ ރިޕޯޓު ކޮށްފައިވަނީ މިރޭ 9:10 ގައި ކަމަށާއި އިތުރަށް ބެލިބެލުމުން އެނގުނު ގޮތުގައި ސަބްމެރީންގެ ތިން ގޭސްފުޅިއެއް ގޮވާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށާއި ނަމަވެސް ސަބްމެރިނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.