ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ މަރުވެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލި ހުދުފިނިފެންމާގޭ މުހައްމަދު ނަޝީދު (43 އ) ކަމަށާއި އޭނާ މަރުވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރު ދެވިފައިވާ ކަމަށާއި ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ މިއަދު ހަވީރު 5:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައި ކަމަށް ކަރެކްޝަންސް އިން ބުންޞެވެ.

ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.