ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން "ގަދަ ފަސް ދުވަހަކަށް 100 ޖީބީ" ގެ ނަމުގައި 125 ރުފިޔާ އަށް ލިބޭ ޕްރޮމޯޝަނެއް މިއަދު ދިރާގުން ފަށައިފިއެވެ.
ދިރާގުން ބުނީ، ފަސް ދުވަހުގެ މުއްދަތަކަށް ބޭނުންކުރެވޭ އެ ލިމިޓެޑް އެޑްއޮން ދިރާގު އެޕް މެދުވެރިކޮށް ނުވަތަ "Data125" ޖެހުމަށްފަހު 343 އަށް އެސްއެމްއެސްއެއް ކޮސްގެން އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އެ މިނީ ޑޭޓާ އެޑްއޮން ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބޭނެ ކަމަށެވެ.
ދިރާގުގެ ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭންތައް ބޭނުންވާ ކަސްޓަމަރުންނަށް އެކި އަގުގައި ތަފާތު ގިނަ ޕްލޭންތައް ވަނީ ފަރުމާކޮށްފައެވެ.
އެގޮތުން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް ހިމެނޭ "ދިރާގު ކޮންބޯ ޕްލޭންސް" ފާހަގަކޮށްލެވެއެވެ.
ދިރާގުން ބުނީ ކޮންމެ ދުވަހަކު ވެސް އާކުރެވޭ، ޑޭޓާ އެލަވެންސްތަކާއި މުއްދަތު ހަމަވާ ތާރީހު އަމިއްލައަށް އިހުތިޔާރުކުރެވޭ އަދި ދިރާގު ނަންބަރުތަކަށް ހިލޭ ގުޅޭ "ސަޅި ޕްރިޕެއިޑް ޕްލޭންސް" އާއި ޒުވާނުންނަށް ހާއްސަ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެލަވެންސް އަމިއްލަ އަށް ފަރުމާ ކުރެވޭ "މަމެން" ވެސް އެ ޕްލޭންތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު