އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގައި ފުލްޓައިމްކޮށް މަސައްކަތްކުރާ ބަޔަކު ތިބެން ފެންނަ ކަމަށާއި ބަޖެޓުވެސް ރަނގަޅު ކޮށްދޭންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޑަބްލިޔުޑީސީތަކަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަމާއި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތުން ކަމަށެވެ.
އަދި އެ ކޮމިޓީތަކުގައި ޕާޓްޓައިމްކޮށް، މަސައްކަތްކުރާ ގޮތަށް އޮތުމަކީވެސް މެންބަރުންގެ ކަންބޮޑުވުމެއް ކަމަށާއި އެކަމުގެ ސަބަބުން މާލީ ބައެއް އުނދަގޫތަކުގެ އިތުރުން ބައެއް އެލަވަންސްތަކާއި އިނާޔަތްތައް ނުލިބޭ ކަމުގެ ކަންބޮޑުވުން މެންބަރުންގެ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ޑަބްލިޔުޑީސީތައް ކައުންސިލްތަކާއި އެއްނުކޮށް މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ ހާއްސަ އިސްކަމެއް ދޭންވީ އެ ކޮމިޓީތައް މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލަކާއި މާލީ ފުދުންތެރިކަން ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
"ޑަބްލިޔުޑީސީއަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައި ދިނުމާއެކީގައި ފުލްޓައިމްކޮށް ތިބި ބަޔަކު އިންތިހާބުކުރެވޭ ތަނަކަށް ހެދުމާމެދު ވިސްނުން ގެންގުޅެން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު