އާސަންދަ އާއި ވިލާ އެއާގެ ދެމުދުގައި ބަލި މީހުން އުފުލައިދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާސަންދަ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލާ އެއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝީދެވެ. އަދި އާސަންދައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގެވެ.
އާސަންދައިން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން އެކުންފުނީގެ ސްކީމްގެ ދަށުން ދޭންޖެހޭ ހިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ވިލާ އެއާއިން ދެމުން ގެންދާނެ ކަމަށެވެ.
ވިލާ އެއާގެ ފްލައިޓްތައް ދަތުރުކުރާ އެއާޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާއި ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް އެ އެއްބަސްވުމުގެ ސަބަބުން އާސަންދަ ސްކީމްގެ ދަށުން އެމަޖަންސީ އިވެކުއޭޝަން ހިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދައިން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއާލައިންތަކާ އެކުވެސް އެފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު