ސިވިލް ކޯޓުގެ ހުސްވެފައިވާ ގާޒީކަމުގެ ދެ މަގާމަށް 17 ބޭފުޅަކު ކުރިމަތިލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓަށް ގާޒީން ހޯދަން މިދިޔަ މަހުގެ 24 ވަނަ ދުވަހު އިއުލާންކުރީ އެ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނާއި އެ ކޯޓްގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުالله އަލީ، ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީން މިއަދު ބުނީ، އެ ކޯޓްގެ ގާޒީންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 17 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސުގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބެއެވެ. އަދި ރިސްކު އެލަވަންސްގެ ގޮތުގައި މަހަކު 1,650 ރުފިޔާ ލިބޭނެއެވެ.

  • އަލީ ނަސީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ
  • އަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ. މާލެ
  • މުހައްމަދު ވިދާން ޝާކިރު / ހ.ހުދުފިނިފެންމާގެ، ކ. މާލެ
  • އަލީ ނަދީމް / ހ. ގްލޯރިއޯސާ 2، ކ. މާލެ
  • ނަފީލު މުހައްމަދު / ލަކީހޯމް، ގއ. ދާންދޫ
  • ސިނާން އަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީ
  • އަހުމަދު މައުސޫމް / ހަވީރީމަންޒިލް، ލ. މާބައިދޫ
  • ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  • އަބްދުﷲ އިހުސާން / ސައިފަތްމާގެ، ސ. ހިތަދޫ
  • ފަތުޙުﷲ ޖަމީލް މޫސާ / ނަލަމަލަ، ލ. މާވަށް
  • ފައިސަލް އާދަމް / ދެތަނޑިމާގެ، ހދ. ފިނޭ
  • އާދަމް ޒާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި
  • މަރްޔަމް ޝާނީ / ސަނދުބަރަކާގެ، ހއ. ދިއްދޫ
  • އުއްމުކުލްސޫމް އަބޫބަކުރު / ރަނައުރާގެ، ބ. ހިތާދޫ
  • އާމިނަތު ޒިދުނާ / ހުޅުމާލެ، ގޯތި 10654 ގެ އޭ-01 ފްލެޓް
  • ހަސަން ޝަމާމް / ކޮށިތެރޭގެ، ހއ. އިހަވަންދޫ
  • އާމިނަތު ރައިޝަމް / ނިއުފްލާވާ ގއ. ގެމަނަފުށި