ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުވާ މައްސަލައިގައި ދައުވާކޮށްފައިވާ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރު އަބްދުއްރަހުމާން ރަފީއުއަށް ވަކީލަކު ހަމަޖައްސަން ދިހަ ދުވަސް ދީފިއެވެ.
އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާކުރާ މީހުންނަކީ، އަބްދުއްރަހުމާން ރަފީއުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ހިމެނެއެވެ.
ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، އަބްދުއްރަހުމާންގެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އޭނާ ފުރުސަތަކަށް އެދުމުން އެކަމަށް ދިހަ ދުވަސް ދީފައިވާ ކަމަށެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އަބްދުއްރަހްމާންގެ އިތުރުން ކާނަލް ނަޝީދާއި ނާޒިމް ސައްތާރުގެ ޝަރީއަތްވެސް ވަނީ ފަށައިފައެވެ. މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
އަލަމްގީރްއާއެކު އެއްޖިންސުން ހިންގި މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތްތައް ފަށައިފައިވާއިރު އަލަމްގީރްގެ މައްޗަށް ކުރި އެއް ޖިންސުން ގުޅުން ހިންގުމުގެ ތިން ދައުވާ އަމިއްލަ އިއުތިރާފުން ސާބިތުވުން ކްރިމިނަލް ކޯޓުން ވަނީ ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު