އުރީދޫ ކްލަބް ޕްރީމިއާ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާއެއް އިއުލާންކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ، އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްދާ އެ އޮފާގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ބިލުތައް ދައްކާ ފަރާތްތަކަށް އަދި ވިޔަފާރި ކުރާ ފަރާތްތަކަށް އަދަދުގެ ފަސް ޕަސެންޓާ ހަމައަށް އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދު ކުރެވޭނެ ކަމަށެވެ.
ޔުޓިލިޓީ ބިލުތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ސްކޫލް ފީ، ކައްކާ ގޭހަަށް އޯޑަރުކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށްވެސް ކޭޝްބެކް އޮފާ ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އެމް-ފައިސާ ޕްލެޓްފޯމްގައި ޔުޓިލިޓީ ޕޭމަންޓް ދެއްކޭ ތަންތަނުގެ ތެރޭގައި އެމްޑަބްލިއުއެސްސީ، ސްޓެލްކޯ، މީޑިއާނެޓް، ވިލާ ގޭސް، މޯލްޑިވް ގޭސް އަދި އަމާނާ ތަކަފުލް ހިމެނެއެވެ. އަދި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، މެންގޯ، ސޮނީ ލައިފްސްޓައިލް، ސެންޓްރަލް ޕާކް، ސްކައިފޯލް އަދި މިނޫންވެސް ގިނަ ފިހާރަތަކާއި ރެސްޓޯރެންޓްތައްވެސް ފްލެޓްފޯމްގައި ހިމެނެއެވެ.
އުރީދޫން ބުނީ، ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް ފައިސާ ދައްކާ ނިމުމުން ކޭޝްބެކް ވޮލެޓަށް ކްރެޑިޓް ވިކަމުގެ އެސްއެމްއެސް ލިބޭނެ ކަމަށެވެ. އަދި ސުޕަނެޓް 40އެމް ނުވަތަ ޕޯސްޓްޕެއިޑް 1000 ރުފިޔާ އަދި އެއަށްވުރެ މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބް ކުރާ މިހާރުގެ އަދި އާ ކަސްޓަމަރުންނަށްވެސް ކްލަބް ޕްރިމިއާގެ ހާއްސަ އޮފާތައް ލިބޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު