ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާއި ފޮޓޯތައް ލަމުން އަންނަ ގ. ކަމަރާގެ، މުހައްމަދު ނަބީލު (ޔާޔާ ނަބީލު) 37އ، ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ޕޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މައްސަލައަކާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޔާޔާ ނަބީލެވެ.
ޔާޔާ ނަބީލް މީގެ ކުރިން ޓިކްޓޮކުގައި ބަރަހަނާވި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރިއެވެ. އޭރު އޭނާ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ.
އެހެން ނަމަވެސް ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި އޭނާ ދަނީ ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު