ގިނަ އަދަދެއްގެ މީހުންނާއެކު މާލެ ދަތުރުކުރަނިކޮށް ފަރަށް އެރި ލަންދޫ ބޯޓު އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ލަންދޫ ބޯޓު ކ. ގާފަރު ފަރަށް އެރީ މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ދިޔަވެގެން ކަމަށެވެ. އެ ބޯޓު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ގާފަރު ކައުންސިލްގެ މެންބަރު މުހައްމަދު ސަމާން "ވަން" އަށް މިއަދު ވިދާޅުވީ، ފަރަށް އެރި ބޯޓުގައި ތިބި މީހުން ގާފަރަށް ގެނައުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 35 މީހަކު ގެނެސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ފަރުމައްޗަށް އެރުވި ފަހުން، ލަންދޫ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު