Close
ޚަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ގަދަ ވިއްސާރަ، އުދަ އެރުންވެސް އެކަށީގެންވޭ: މެޓް

އަލީ ޔާމިން

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓު އޮފީހުން މިއަދު ވަނީ، މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ދ އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ކުރިއަށް އޮތް ތިން ދުވަސްވެސް ރާއްޖޭގެ އޮތީ މޫސުން ގޯސްކޮށް ކަމަށާއި ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ރާޅުގެ އުސް މިނުގައި ހަތަރު ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިޔަކު ދިހަ މޭލާއި 20 މެލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވޭ" އޮފިޝަލް ވިދާޅުވިއެވެ.

މެޓް އޮފީހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރާއިރު ސަލާމަތީ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.