ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ އެޖެންޑާއަކީ ހުށަހަޅާނެ އެއްޗެއް ނެތް ބަޔަކު ހިންގާ ކެމްޕެއިނެއް ކަމަށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު އެގޮތަށް ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އޭއެންއައި ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ޝާހިދު ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިނަކީ އެއްވެސް ސިޔާސީ, އިޖުތިމާއީ, އިގުތިސާދީ އަދި ތަރައްގީގެ އެޖެންޑާއެއް ނެތް ބަޔަކު، ނަފުރަތު އުފެއްދުމަށް ހިންގާ ކެމްޕެއިނެއް ކަމަށެވެ.
"އެ މީހުންގެ (އިންޑިއާ އައުޓް ކެމްޕެއިން ހިންގާ މީހުންގެ) އެޖެންޑާއަކީ ނަފުރަތު. އެއީ އެ މީހުން ރާއްޖޭގެ ރައްޔިތުންނަށް ވައުދުވާ ކަމަކީ. ދިވެހިން ނަފުރަތަކަށް ނުވިކޭނެ," ޝާހިދު ވިދާޅުވި އެވެ.ކަމެއް
އޭނާ އިތުރަށް ވިދާޅުވީ, އިންޑިއާ އައުޓް ކެމްޕެއިން ބިނާވެފައި ވަނީ ދޮގު މައުލޫމާތާއި ނުބައި ޕްރޮޕެގެންޑާގެ މައްޗަށް ކަމަށާއި އެ ކެމްޕެއިނަކީ ދިވެހި ރައްޔިތުން ދެކޭ ގޮތް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު