ޚަބަރު

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގުކުރުމަށް ބައިނަލްއަގުވާމީ ބައިސްކަލް އިވެންޓެއް ބާއްވަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް ބައިސްކަލް އެސޯސިއޭޝަން (ބައިކް މޯލްޑިވްސް) އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ބައިނަލްއަގުވާމީ ބައިސްކަލް އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

މި ހަރަކާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހު ލ. އަތޮޅުގައެވެ. އެ ޖަމިއްޔާއިން ވަނީ މި ހަރަކާތް ކާމިޔާބުކަމާއެކު ރާވައި ހިންގުމަށް ޔުނިކްސް ސްޕޯޓިންއާއެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފައެވެ. އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިޔައީ އެކުވެނީ ގްރައުންޑް1 ގައެވެ.

ބައިކް މޯލްޑިވްސްގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ މި ހަރަކާތް ކުރިއަށްގެންދަން ރާވާފައިވަނީ އަންނަ އޮކްޓޯބަރު 20-24 އަށް ކަމަށާއި މި ހަރަކާތަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އަދި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަރަކާތް ކުރިއަށްގެންދާ އިރު، "ފަންޑް ރެއިޒިން" ހަރަކާތެއްވެސް ކުރިއަށްގެންދަން ރާވާފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.